މިނިސްޓަރު ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރައްވައިފިއެވެ. ފޮރިން މިނިސްޓަރ ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ އެ މަނިކުފާނު ބ...

29 Jul 2021 | 07:48

ރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ އެ މަނިކުފާނު ބަލްގޭރިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބަލްގޭރިއާގެ ފޮރިން މިނިސްޓްރީގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ރާއްޖެއާއި ބަލްގޭރިއާގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ދެ ގައުމުން ގުޅިގެން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ބަލްގޭރިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް