ކަރީނާ ބަނޑުބޮޑުއިރު ހާސްވަނީ އެންމެ ކަމަކާ، ދެން ހުރީ ކޫސަނި އަދި މޮޅެތިކަންތައް!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ބަނޑުބޮޑު އިރުގެ ތަފާތު ތަޖުރިބާތައް ހިއްސާ ކޮށްފައި އެވެ. އޭގެ ތެރޭގައި އެންމެ ހާސްވާ ކަންކަމާއި އެންމެ ކާހިއްވާ އެއްޗިއްސާއި ކުރ...

29 Jul 2021 | 06:38

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ބަނޑުބޮޑު އިރުގެ ތަފާތު ތަޖުރިބާތައް ހިއްސާ ކޮށްފައި އެވެ.

އޭގެ ތެރޭގައި އެންމެ ހާސްވާ ކަންކަމާއި އެންމެ ކާހިއްވާ އެއްޗިއްސާއި ކުރާ ހިތްވާ ކަންކަމުގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނީ އެއީ އޭނާގެ ސަޕޯޓަރުންގެ ތެރެއިން ބެލެނިވެރިންނަށްވާން އުޅޭ މީހުންނަށްދޭ ޓިޕްސްކޮޅެއް ކަމަށެވެ.

ކަރީނާ ބުނީ ބަލިވެ އިނުމުން އޭނާ އެންމެ ހާސްވެ ކަންބޮޑުވާ ކަމަކީ ސްޓްރެޗް މާކް ހުންނާތީ ކަމަށެވެ. އެކަމަކު އެކަމަށް އޭނާ ބަނޑުބޮޑު އިރު އާއި ވިހެއުމަށް ފަހު ވަރަށް ބަޮޑަށް ސަމާލުކަން ދީގެން ފިލުވުމަށް ތަފާތު ފަރުވާ ހޯދާ ކަމަށެވެ.

ދެން ހުރީ ކަރީނާ ކުރާ މަޖާ އަދި ކޫސަނި ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ވާހަކަ އެވެ. ކަރީނާ ބުނީ ދެ ފަހަރުވެސް ބަނޑުބޮޑުވީންސުރެ ވިހަންވަންދެން ދަރިފުޅަށް ބޭނުންތާ ތަކެތި ގަތުމަކީ އޭނާ ވަރަށް ކުރާހިތުން ކުރިކަމެއް ކަމަށެވެ. އަދި ދަރިން ބަލާނެ ގޮތުގެ މައުލޫމާތު ހޯދުމަށް ގޫގުލް އަކީ އެންމެ ގާތް އެކުވެރިޔާއަށް ހަދާ ކަމަށެވެ.

ކަރީނާ ބުނީ ބަނޑުބޮޑު އިރު އެންމެ ކާހިއްވަނީ އަދި ކެއީ ޕިއްޒާ އާއި ފޮނި ކާއެއްޗެހި ކަމަަށެވެ. ކަރީނާ މަޝްހޫރުވެފައި އޮންނަނީވެސް ބަނޑުބޮޑުއިރު ހަށިގަނޑުގެ ބައްޓަމަށް އައިސްދާނެ ބަދަލަކަށް ބެލުމެއް ނެތި ކާ މީހެއްގެ ގޮތުގައި އެވެ.

މީގެ އިތުރުންވެސް ކަރީނާ ވަނީ ބަނޑުބޮޑުއިރުގެ ގިނަ ތަޖުރިބާތަކާއި އޭނާ ކުރާ އިތުރު ކަންތައްތަކެއް ސަޕޯޓަރުންނާއި ހިއްސާ ކޮށްފައި އެވެ.

ކަރީނާ އާއި ސައިފް އަލީ ހާންއަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ 2016 ވަނަ އަހަރު ވިހޭ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން އާއި މިދިޔަ ފެބްރުއަރީ މަހު ލިބުނު ޖޭހް އެވެ. ޖޭހްގެ ފުރިހަމަ ނަން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް