މާލޭގައި އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފި

މާލޭގައި އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ދޫކުރަން ފަށައިފި އެވެ. އަތޮޅުތެރޭގައި މިދިޔަ އަންގާރަ ދުވަހު ވަނީ އެސްޓްރަޒެނިކާ ވެކްސިން ދޭން ފަށާފައި އެވެ. މާލޭގައި ވެކްސިން ދޭން ފަށާނީ ...

29 Jul 2021 | 05:55

މާލޭގައި އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ދޫކުރަން ފަށައިފި އެވެ.

އަތޮޅުތެރޭގައި މިދިޔަ އަންގާރަ ދުވަހު ވަނީ އެސްޓްރަޒެނިކާ ވެކްސިން ދޭން ފަށާފައި އެވެ. މާލޭގައި ވެކްސިން ދޭން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން އެ ވެކްސިން ޖެހުމަށް އެޗްޕީއޭގެ ވެކްސިނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ ކަމަށެވެ. އެގޮތުން އެސްޓްރަޒެނިކާގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.

ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނިކާ ވެކްސިން އަދި ދޭނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓަމަންޓް ހެއްދުމަށް ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް އެޕޮއިންމެންޓް ހެއްދުމަށް އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެ މީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް ބޭނުންކުރާ ޖެހޭނީ book.hpa.gov.mv އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް