މާލޭ ސިޓިގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާންގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އެކަން އެންގުމަށް އެދިފައެވެ.
އިއުލާންގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް