ކޮންޓޭނާތަކެއް މަތިން ވެއްޓުނު އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
އެމްޕީއެލް އިން ބުނީ އޭނާ ވެއްޓުނީ ދެބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މަތީގައި ހުރި ހަރުގަނޑެއް ބޭނުން ކޮށްގެން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މައްޗަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ކުންފުނިން ބުނީ އޭނާ ވެއްޓި އަތް ވިދުނު ގޮތަކުން އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
އޭނާގެ ހާލު ސްޓޭބަލްއެވެ. އޭޑީކޭ އާއި އައިޖީއެމްއެޗް އިން އޮޕަރޭޝަން ކުރެވެން ނެތުމުން މިހާރު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.
އެމްޕީއެލް އިން ބުނީ މުވައްޒަފުން ވެއްޓުނީ 9 ފޫޓް މަތިން ކަމަށެވެ. ވެއްޓުނުއިރު ވެސް މުވައްޒަފު ހުރީ ހެލްމެޓާއި އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް