ވިލިމާލޭ ކުޑަކުދިންގެ ހިޔާގަައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ފަހަކަށް އައިސް އެ ތަނުގަައި މި ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. މިއީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައ...

29 Jul 2021 | 04:50

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ފަހަކަށް އައިސް އެ ތަނުގަައި މި ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. މިއީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގި 3 ވަނަ ފަހަރެވެ.

އެމްއެންޑީއެފް އިން ބުނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހެނދުނު ހިނގާފައިވާ ކަމަށެވެ. ވިލިމާލޭ ފަޔާ ސްޓޭޝަނުން ވަނީ ރޯވި އަލިފާން ނިއްވާލާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް އިމާރާތައް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާ ވިލިމާލޭ ފަޔާ ސްޓޭޝަނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 06:03 ކަންހާއިރުއެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން 06:10 ގައި ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 07:20 ހާއިރުއެވެ.

މިދިޔަ މަހު ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އޭރު ޖެންޑާ މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ ހިނގި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގަސްދުގައި އެތަނުގައި އަލިފާން ރޯކޮއްލުމުން ކަމަށެވެ.

އެކަމަކު މިއަދުގެ އަލިފާނުގެ ހާދިސާ ސަބަބު ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް