އާބާދީގެ 27 އިންސައްތަ މީހުން އަދިވެސް ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ

ރާއްޖޭގައި ކޯވިޑް-19ން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ޝަރުތުހަމަވާ އާބާދީގެ 27 އިންސައްތަ މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް...

29 Jul 2021 | 04:28

ރާއްޖޭގައި ކޯވިޑް-19ން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ޝަރުތުހަމަވާ އާބާދީގެ 27 އިންސައްތަ މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ނުޖަހާ ހުރިނަމަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ބާރު އެޅުމަށް އެދޭ ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކަށްވެސް ވެކްސިން ޖެހުމަށް ބާރު އަޅަން އެދޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން 27 އިންސައްތަ މީހުންނަށް އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން 27 އިންސައްތަ މީހުންނަށް އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ ކަމަށެވެ.

"އެހެން ވީމަ މި އެންމެންނަށް ފުރަތަމަ ޑޯޒް މި އަންނަ މަހުގެ ތެރޭގައި ޖެހުމަކީ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ކުރެވޭނެ ކަމެއް". އެ ކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، ގައުމީ އެހެން ކަންކަމުގައިވެސް އެންމެން އެކުގައި އުޅޭ ފަދައިން ވެކްސިން ޖެހުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އާއްމު ހާލަތަކަށް ދިއުމަށް އެންމެ މުހިންމު ހަތިޔާރަކީ ވެކްސިން ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް