މަޖިލިސް މެމްބަރުން މަޖިލީހަށް ވަނަދިނުމަށް ސަލާމަތީ ބާރުތަކުގެ ކިބައިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިކަމަށް އެދިލައްވާފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީތްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސިޔާސީ ކަންކަމަށް ފުލުހުންގެ މުއައްސަސާ ބޭނުން ކުރުމަކީ އެ މުއައްސަސާ އަށާއި ރާއްޖެއަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
"އެމްޕީއިންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އަޅައި ދިނުމަށް އަދި އެމްޕީ އިން މަޖިލީހަށް ވަނަދިނުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިންގެ ކިބައިން އެދެން" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ސަލާމަތީ ބާރުތަކުގެ ކިބައިން ރައީސް ނަޝީދު މިކަމަށް އެދިލައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ރައީސް ވަނީ މެދު ކަނޑާލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަމުން އަންނަނީ ސަލާމަތީ ބާރުތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް