އިއްޔެގެ ވަގުތެއްގައި އުތުރު ކޮރެއާއިން އިތުރު ބެލިސްޓިސް މިސައިލެއް ޓެސްޓް ކޮށްފައިވާއިރު އުތުރު ކޮރެއާގެ މިސައިލުތައް އެމެރިކާގެ މައި ބިންތަކަށް ފޯރާނެ ކަމުގައި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން ވިދާޅުވެއްޖ އެވެ.
ކިމް ވިދާޅުވެފައިވަނީ އިއްޔެ ޓެސްޓް ކުރި މިސައިލުން ރަމްޒުކޮށްދެނީ ކޮންމެ ވަގުތަކު ކޮންމެ މަންޒިލަކަށް މިސައިލު ފޮނުވާލުމުގެ ގާބިލުކަންވެސް އުތުރު ކޮރެއާއަށް ލިބިގެންވާކަން ކަމަށެވެ.
އުތުރު ކޮރެއާއިން އިއްޔެ ބެލަސްޓިކް މިސައިލެއް ޓެސްޓް ކޮށްފައިވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އުތުރު ކޮރެއާއަކީ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް