އެމްއެޗް 370ގެ ބައިތަކެއް ކަމަށްބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ

239 ޕަސިންޖަރުންނާއެކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އެމްއެޗް 370ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް އިންޑިއާ ކަނޑުގެ ރީޔޫނިއަން އައިލެންޑް ކައިރިން ފެނިއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ...

29 Jul 2015 | 18:38

239 ޕަސިންޖަރުންނާއެކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އެމްއެޗް 370ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް އިންޑިއާ ކަނޑުގެ ރީޔޫނިއަން އައިލެންޑް ކައިރިން ފެނިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެނުނު ބައިތަކަކީ ބޮއިން 777 މަރުކާގެ ފްލައިޓެއްގެ ބައިތަކެކެވެ. އެމްއެޗް 370 އަކީވެސް ބޮއިން 777 މަރުކާގެ ފްލައިޓެކެވެ. ނަމަވެސް މި ބައިތަކަކީ އެމްއެޗް 370ގެ ބައިތަކެއްކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ފެނުނު ބައިތަކުގެ ބައެއް ފޮޓޯތައް އާންމުވެފައިވާއިރު ފޮޓޯތަކުން ފެންނަނީ ބައެއް އޮފިޝަލުން އެ ބައިތަކުގެ ކައިރީގައި ހަރަކާތްތެރިވާ މަންޒަރެވެ. އަދި ބައެއް ފޮޓޯތަކުން ފެންނަނީ އެ ތަކެތި އުފުލާ މަންޒަރެވެ.

239 ޕަސިންޖަރުންނާއެކު މެލޭޝިޔާގެ ކުއަލަލަމްޕޫރުން ޗައިނާއަށް ނައްޓާލި އެމްއެޗް 370 އަށް ވީނުވީއެއް ނޭނގި ގެއްލުނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ އަށްވަނަ ދުވަހު އެވެ.

އެމްއެޗް 370 ހޯދަން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އަދި އެ ފްލައިޓްގެ ހިލަމެއް ވެފައެއް ނުވެ އެވެ.

ރީ ޔޫނިއަން އައިލެންޑަކީ އިންޑިއާ ކަނޑުގައި އޮންނަ ފްރާންސްގެ ޓެރިޓަރީ އެކެވެ. އެ ސަރަހައްދަކީ އިންޓަނޭޝަނަލް ސާޗް ޒޯން އާ އެތައް މޭލެއް ދުރުގައި އޮންނަ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް