ސައިކަލެއް ވަގަށްނެގި ދެމީހަކު ހޯދަން، ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ، 2015 ޖޫން 06 ވަނަ ދުވަހު 08:30 ހާއިރު ކ. މާލެ، ސޯސަންމަގު، ކުއްލިޔާ ކަންމަތީގައި ޕާކްކޮށްފައިހުރި ކަޅުކުލައިގެ އެއާ ބްލޭޑް ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ދެމީހުން ކަމަށެވެ.
https://youtu.be/VfAQA_4h_Yw
ވީޑިއޯއިން ފެންނަ ދެ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރިވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓަލައިން ނަމަބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް