"ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު ވަނީ މަރުވެފައި"

ތާލިބާނުންގެ ލީޑަރުކަމުގައިވާ މުއްލާ އުމަރު ވަނީ މީގެ ދެ އަހަރު ނޫނީ ތިން އަހަރު ކުރިން މަރުވެފައިކަމަށް އަފްގާނިސްތާނުގެ އިންޓެލިޖެންސް އަދި ސަރުކާރުން ބުނެފިއެވެ. އެހެން ނަމަވެސް މިކަމުގެ އިތުރު ތަޕ...

29 Jul 2015 | 10:58

ތާލިބާނުންގެ ލީޑަރުކަމުގައިވާ މުއްލާ އުމަރު ވަނީ މީގެ ދެ އަހަރު ނޫނީ ތިން އަހަރު ކުރިން މަރުވެފައިކަމަށް އަފްގާނިސްތާނުގެ އިންޓެލިޖެންސް އަދި ސަރުކާރުން ބުނެފިއެވެ.

އެހެން ނަމަވެސް މިކަމުގެ އިތުރު ތަޕްސީލެއް މީހަތަނަށް ދީފައެއްނުވެއެވެ.

މިކަމާ ގުޅޭގޮތުން ތާލިބާނުން އަދި އެއްޗެކޭބުނެފައި ނުވިނަމަވެސް މިކަމާ ގުޅޭގޮތިން ބަޔާނެއް ނެރުމަށް ތައްޔާރުވަމުން ދާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.މީގެ ކުރިންވެސް މުއްލާ އުމަރު މަރުވެފައިވާކަމުގެ ވާހަކަތައް ފެތުރިފައިވީނަމަވެސް މިއީ އަފްގާނިސްތާނުގެ ސަރުކާރުން މިކަން ކަށަވަރު ކޮށްދިން ފުރަތަމަ ފަހަރެވެ.

މުއްލާ އުމަރުގެ ބޮލަށް ވަނީ 10 މިލިއަން ޑޮލަރުގެ އަގެއް އެމެރިކާއިން ހުށައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް