ގެމަނަފުށީގައި ދަރިވަރުންނަށް ޖިންސީ ގޯނާކުރި އިންޑިއާ ޓީޗަރު ދޫކޮށްލައިފި

ގއ. ގެމަނަފުށީ ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޓީޗަރު ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ ހައްޔަރުކުރި ޓީޗަރު ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށ...

29 Jul 2015 | 08:31

ގއ. ގެމަނަފުށީ ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޓީޗަރު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ޓީޗަރު ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެމަނަފުށީ ކޯޓަށް ގެންދިއުމުން، އެ ޓީޗަރު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމުމުން ކަމަށެވެ.

މި މައްސަލައިގާ ހައްޔަރުކުރި ޓީޗަރަކީ އިންޑިއާ ރައްޔިތެކެވެ. އޭނާގެ އުމުރަކީ 40 އަހަރެވެ. ދަރިވަރުންނަށް ޖިންސީ ގޯނާކުރީ ޓިއުޝަން ނެގުމަށް ޓީޗަރު އުޅޭ ގެއަށްދާ، ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންތަކަކަށެވެ. މި މީހާއަކީ އެރަށު ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރެކެވެ.

މި މައްސަލައިގާ މި މީހާ ހައްޔަރުކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިމީހާއަކީ އެރަށު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި އަށް އަހަރު ހޭދަކޮށްފައިވާ ޓީޗަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް