ބ. ތުޅާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ތުއްތު ކުއްޖަކު ފެނުނު މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އެ ކުއްޖާ އޮތީ އެ ގޭތެރޭގައި ހުރި ބާލިދީއެއް ފާޑުގެ އެއްޗެއްގެ ތެރޭގައި ކަމަށް ވެ އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ހުޅަހެޅިފައި ވާކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ގޮސްފައި ވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވާ ތުއްތު ކުއްޖާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު އެވެ. އަދި އެކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ މިކަން ހިނގީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށާއި އެއީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ވިހެއި ކުއްޖެއް ކަމަށެވެ. އަދި 18 އަހަރު ނުފުރޭ އަންހެން ކުއްޖާ ބަނޑުބޮޑުކަން ރަށުތެރޭ މީހުންނަށް ކުރިން ނޭންގޭ ކަމަށްވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް