މައްސަލަ ހުށަހެޅިތާ ދެ ގަޑިއިރު ތެރޭގައި ފުލުހުންގެ މަސައްކަތުން, ފޭރުނު އަތް ދަބަސް ހޯދައިފި

ބޭރުމީހެއްގެ އަތްދަބަސް ފޭރުނު ދެ މީހަކު، މައްސަލަ ހުށަހެޅުނުތާ ދެ ގަޑިއިރު ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ފޭރުނު ތަކެތި ހޯދައިފިއެވެ. ފުލުހުން ބުނީ ފޭރުމުގެ މި މައްސަލައާ ގުޅިގެނ...

29 Jul 2015 | 06:05

ބޭރުމީހެއްގެ އަތްދަބަސް ފޭރުނު ދެ މީހަކު، މައްސަލަ ހުށަހެޅުނުތާ ދެ ގަޑިއިރު ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ފޭރުނު ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ ފޭރުމުގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުރަތަމަ އެމީހުން ހުއްޓުވައި ސުވާލުކޮށްފައިވަނީ ބަނގުރާ ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މިއަދުގެ މެންދުރު 12:35 ހާއިރު  ކަމަށާއި އެމީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނާގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނުމާއެކު އެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ފަހުން އެނގުނު ގޮތުގައި އެމީހުން އަތުން ފެނުނު ތަކެއްޗަކީ މިއަދު ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީ ކައިރިން ދިޔަ ޖަރުމަނު މީހެއްގެ އަތުން ފޭރިފައިވާ ދަބަހެއްގައި ހުރި ބައެއް ތަކެތި ކަމަށާއި އިތުރަށް ސުވާލުކޮށް ހިންގި ތަޙުޤީޤުން އެ ދަބަހުގައި ހުންނާނެކަމަށް ބުނާ ގިނަ ޢަދަދެއްގެ ފައިސާއާއި އިތުރު ތަކެތިވެސް ފުލުހުން ހޯދާފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް