އިއްޔެ ނިޔާވި އޮނަރަރީ ކޮންސިއުލާ ޖެނެރަލްގެ ހަށިކޮޅު ޖަރުމަނަށް ފޮނުވާލަނީ

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވި، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސިއުލާ ޖެނެރަލްގެ ހަށިކޮޅު ޖަރުމަނަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަ...

29 Jul 2015 | 05:25

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވި، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސިއުލާ ޖެނެރަލްގެ ހަށިކޮޅު ޖަރުމަނަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަނޫޝް ވިދާޅުވީ، ކޮންސިއުލާ ޖެނެރަލް ގޮޓްފްރިޑް މުކޭގެ ހަށިކޮޅު ޖަރުމަނަށް ގެންދިއުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް މިހާރު އެ ވުޒާރާއިން ހަމަޖައްސަމުން އަންނަ ކަމަށެވެ.

މުކޭ ރާއްޖެ ވަޑައިގެން އުޅުއްވީ މިނިވަން 50ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. ނިޔާވީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މުކޭގެ ހަށިކޮޅު މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ. ނިޔާވި އިރު މުކޭގެ އުމުރަކީ 38 އަހަރެވެ.

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ ކޮންސިއުލާ ޖެނެރަލްގެ މަގާމު މުކޭ އަދާކުރައްވަމުން ގެންދަވާތާ 32 އަހަރު ވެފައި ވާކަމަށް ހާރިޖީ ވުޒާރާއިން ބުނެ އެވެ. އެ ވުޒާރާއިން ބުނީ މުކޭ ނިޔާވި ހަބަރަކީ ވަރަށް ފުން ހިތާމައަކާއި ކުއްލި ސިހުމެއް ލިބިގެން ދިޔަ ހަބަރެއް ކަމަށާއި މުކޭއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް