އިންޑިއާގައި ކޮލެޖު ކެމްޕަހެއްގައި ދަރިވަރަކު "ގޭންގް ރޭޕް" ކުރި މައްސަލައިގާ ދެ ދަރިވަރަކާއި މުވައްޒަފަކު ހައްޔަރު

އިންޑިއާގެ ކަލްކައްތާގައި ކޮލެޖެއްގައި ޤާނޫނީ ވަކީލުކަން ކިޔަވަމުންދިޔަ އަންހެން ދަރިވަރަކު، "ގޭންގް ރޭޕް" ކުރި ކަމުގެ ތުހުމަތުގައި އެ ކޮލެޖުގެ ފިރިހެން ދެ ދަރިވަރަކާއި ފިރިހެން މުވައްޒަފަކު ހައްޔަރުކ...

29 Jun 2025 | 08:02

އިންޑިއާގެ ކަލްކައްތާގައި ކޮލެޖެއްގައި ޤާނޫނީ ވަކީލުކަން ކިޔަވަމުންދިޔަ އަންހެން ދަރިވަރަކު، "ގޭންގް ރޭޕް" ކުރި ކަމުގެ ތުހުމަތުގައި އެ ކޮލެޖުގެ ފިރިހެން ދެ ދަރިވަރަކާއި ފިރިހެން މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އުމުރުން 24 އަހަރުގެ އެ އަންހެން ދަރިވަރު ރޭޕުކުރީ ކޮލެޖު ދަރިވަރުންގެ ކެމްޕަސްގެ ސެކިއުރިޓީ ގާޑު ރޫމަށް ގަދަކަމުން ގެންދިއުމަށްފަހުގައެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޓީއެމްސީ ކޮލެޖުގެ ސްޓޫޑަންޑް ވިންގުގެ މުވައްޒަފެއް ކަމުގައިވާ، އުމުރުން 31 އަހަރުގެ މޮނޯޖިތު މިޝްރާ އާއި އެ ކޮލެޖުގެ ދެ ދަރިވަރުން ކަމުގައިވާ އުމުރުން 19 އަހަރުގެ ޒައިބް އަހްމަދާއި އުމުރުން 20 އަހަރުގެ ޕްރަމީތު މުކަރްޖީއެވެ.

އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ފޯނުތަކުން "ގޭންގް ރޭޕް" ގެ ވީޑިއޯ ކްލިޕްތައް ފެނިފައިވާކަމަށާއި އަދި ކެމްޕަސްގެ ސީސީޓީވީ ފުޓޭޖްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރިއަށްދާކަމަށްވެސް އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް