އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ޤަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުން ދިޔަ އޮޕްރޭޝަނެއްގައި މިހާތަނަށް 50 ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިއަދު ފެށި މި އޮޕްރޭޝަނުގައި ލޯކަލް މާރުކެޓް އަދި މާލެ ތެރޭގެ މާރުކޭޓުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދު ތަށް ވަނީ ބަލާ ފާސް ކޮށްފައެވެ.
މި އޮޕްރޭޝަނުގައި މިހާތަނަށް ، ޤަވާއިދާއި ޚިލާފަށް އުޅެމުން ދިޔަ 50 ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަނުގެ އިސްނެންގެވުމަށް ކުރިއަށް ގެންދެވޭ އޮޕަރޭޝަނެއް ކަމުގައި ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް