ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ސިހުރު ހެދި ކަމުގެ ތުޙުމަތުގައި ސްޓޭޓް މިނިސްޓަރަކަށް ހުރި، ފާތިމަތު ޝަމްނާޒް އަލީ ހައްޔަރު ކުރުމުން ، ބޭރުގެ ނޫސްތަކުގައި އެވާހަކަ ފެތުރިގެން ދިޔުމަކީ ބަޔަކު މާ ލަދުން އުޅެން ޖެހޭ ސަބަބެއް ކަމަށް ނުވިސްނޭ ކަމަށް ޝައިޙް ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޙް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ބޭރުގެ ބައެއް ނޫސްތަކުގެ ފަލަ ސުރުހީގައި މި ވާހަކަ ދެކެވެމުން ދާ ދަނޑިވަޅެއްގައެވެ.
ޝެއިޙް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިޙްރު ގަބޫލު ނުކުރާ ބޭރު ކަރައިގެ މީހުންނަށް މިކަން ޖޯކަކަށްވިޔަސް، ސިޙްރަކީ ހަޤީޤަތުގައިވެސް އޮތް އެއްޗެއް ކަން ޤުރުއާނުން ސާބިތުވެފަ ވާ ކަމަށެވެ.
"އަނެއްކާ ސިޙްރުގެ ވާހަކަ ޤުރުއާންގައި އޮވެގެން މި މީހުން ލަދު ގަންނާނެބާ" ޝެއިހް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސިޙްރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް އަލީ ސަލީމްގެ އިތުރުން ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް