ޙައްޖު ރޯގާ ފެތުރިދާނެތީ ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޖީއެމްއެޗަށް ނުދިއުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފިއެވެ. ޙައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމަތް ހުންނަ މީހުންގެ އަދަދ...

29 Jun 2024 | 15:48

ކޮންމެހެން ދާން ޖެހިގެން ނޫނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފިއެވެ.

ޙައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމަތް ހުންނަ މީހުންގެ އަދަދު އިތުރުވަމުން ދާ ކަން ފާހަގަކޮށް، އައިޖީއެމްއެޗުން ބުނީ ބަލިމީހުން އަދި މުވައްޒަފުންގެ އިތުރުން މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން، ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ޒިޔާރަތް ކުރައްވާއިރު މާސްކު އަޅުއްވައިގެން ޒިޔާރަތް ކުރުމަށާއި އަދި ޙާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކު އަޅުއްވައިގެން އައުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ ހޮސްޕިޓަލަށް އެއްވެ އުޅުމުން ދުރުހެލިވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް