ލ. ދަނބިދޫގައި މޫދުން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ލ. ދަނބިދޫ އިރުމަތީ ފަރާތު (ކޯޒްވޭ) ސަރަހައްދު މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް މިއަދު ހަވީރު 04:55 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
"ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެރަށު ނިޔަނދުރުމާގޭ އުމުރުން 65 އަހަރުގެ އައިމިނަތު އުމަރެވެ. މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް