ޖަމީލް ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހެދި އޭސީ ގޮޅިއެއްގައި: ކަރެކްޝަންސް

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ ޖަލު ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ...

29 Jun 2024 | 09:36

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ ޖަލު ބަންދުގައި ހުރީ ސިޔާސީ އިއްޒަތްތެރިންނަށް ހަދާފައިވާ އޭސީ ގޮޅީގައި ކަމުގައި ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިހެން ބުނީ ޖަމީލްގެ މަރާއި ގުޅޭގޮތުން ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސްގައެވެ.

އެގޮތުން ކަރެކްޝަންސް އިން ބުނީ ޖަމީލް އެންމެ ފުރަތަމަ ބެހެއްޓީ ހައި ރިސްކް ޒޯނެއްގައި ކަމަށާއި ނަމަވެސް އެ ޒޯނުގެ އެހެން ގައިދީންގެ ފަރާތުން ދަތިތަކާ ކުރިމަތިވާތީ ޖަމީލްގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ގޮޅި ބަދަލުކުރިކަމަށެވެ.

"ގޮޅިތަކަކީ ކުރިން އިއްޒަތްތެރިން ޖަލަށް ހުކުމް ކުރީމަ ބޭތިއްވުމަށް ބޭނުންކުރި ޔުނިޓުގެ ގޮޅިތައް، އޭސީ ހުންނާނެ އެނދު ހުންނާނެ" ކަރެކްޝަންސް އިން ބުންޏެވެ.

ނަމަވެސް ޖަމީލް އޭސީ ހަލާކުކޮށްލާފައިވާތީއާއި އަދި ޖަމީލް ބޭނުންވެގެން އޭސީއާއި އެނދު އެ ގޮޅިން ބޭރުކުރުވުނު ކަމަށާއި އެއް ކެމެރާ ހަލާކުވުމުން ދެވަނަ ކެމެރާގައިވެސް އެހުރީ ދަތްއުނގުޅާ ބޭސް އުނގުޅާފައި ކަމަށާއި ވީޑިއޯ ފުސްކޮށް ފެންނަނީ އެ ސަބަބާ ހެދިކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

https://dhuvas.mv/261496

ކަރެކްޝަންސް އިން އިތުރަށް ބުނީ ޖަލު އޮފިސަރުން ބެލި އިރުވެސް އަދި ކާތަކެތި ހިފައިގެން ދިޔަ ގައިދީ ބެލި އިރުވެސް ސަޖިދައިގެ ޕޯސްގަ އޮތުމުން އިތުރަށް ނުބެލީ ކަމަށާއި ނަމަވެސް ފަހުން މާ ގިނައިރުވާތީ އެ ހިސާބުން ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް