ޖަމީލްގެ މަރުގައި ފައުލް ޕްލޭއެއް އޮތްކަމަށް ނުބެލެވޭ: ފުލުހުން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ މަރުގައި ފައުލް ޕްލޭއެއް ވާކަމުގައި ގަބޫލު ނުކުރެވޭކަމުގައި ފުލ...

29 Jun 2024 | 09:15

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ މަރުގައި ފައުލް ޕްލޭއެއް ވާކަމުގައި ގަބޫލު ނުކުރެވޭކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ފުލުހުން ބުނީ ސަޖިދައިގައި އޮތް އިރު ޖަމީލްގެ އަންގައިންނާއި ނޭފަތުން ފޮނު އައިސްފައިވާކަމަށާއި ކުޑަކަމުވެސް ދެވިފައިވާކަމަށެވެ. އަދި ހަށިގަނޑުން ބައެއް ނިޝާންތައް ހުރި ނަމަވެސް އެއީ ގަސްތުގައި ބަޔަކު އަނިޔާއެއް ދީފައި ކަމުގައި ނުބެލެވޭ ކަމަށެވެ.

މީގެ އިތުރުން ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެނެވި އެޗްއާރްސީއެމްއާއި އެންއައިސީންވެސް ބަލަންޖެހޭ ކަންކަން ބަލައި އެފަދަ ކަމަކަށް ޝައްކު ނުކުރެވޭތީ ވަޅުލުމަށް އާއިލާއާއި ހަށިގަނޑު ހަވާލުކުރިކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ހަވާލުކުރިފަހުން ފޮޓޯތައް ދައުރުވާން ފެށުމުން ވަޒީރުގެ އިޒުނައާއެކު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވެ އާއިލާއާއި މަޝްވަރާކުރި ކަމަށާއި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ގަބޫލު ނުވިކަމަށްވެސް ފުލުހުން ދެންމެ ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް