ޙާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރެއްވެވި ރަސްމީ ދަތުރު ނިންމަވައިލައްވައިފިއެވެ.
މި މަހު 24 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު ޒަމީރު އެމެރިކާއަށް ކުރެއްވެވި ދަތުރުފުޅުގައި ރާއްޖެއަށް މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ވަޒީރު ވަނީ އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި، އެމެރިކާ ސަރުކާރުގެ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވެލްއާއި ވޮޝިންޓަންގައި ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަނީ އެމެރިކާއާ ރާއްޖެއާއި އޮތް ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން، އެމެރިކާގެ މަޝްހޫރު ތިންކް ޓޭންކް ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަންކަމާއި، ގުޅޭގޮތުން މަޝްވަރާކުރރެވިފައި ވެއެވެ. އަދި ވޮޝިންޓަން ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާއި ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.
ވަޒީރު އެމެރިކާއަށް ކުރެއްވެވި މި ދަތުރުފުޅުގައި ވަނީ ވޮޝިންގްޓަންގެ އިތުރުން ނިއުޔޯކަށް ވަޑައިގެން އަދ. ގެ ބައެއް ފަރާތްތަކާއިވެސް ބައްދަލުކުރައްވާފައެވެ.
މިގޮތުން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރާއި، ބައްދަލުކުރައްވަވާފައި ވެއެވެ. އަދި އދ.ގެ ސެކެރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝްއާއި އދ. އަންޑަސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝްއާއި އދ. އަންޑަސެކްރެޓަރީ ޖެނެރަލް ފޯ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖިންހުއާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ނިއުޔޯކުގައި އުޅުއްވާ ދިވެހިންނާވެސް ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.
ނިއުޔޯކް އަދި ވޮޝިންގްޓަންގައި ދިރިއުޅުއްވާ ދިވެހިންނާ ވަޒީރު ބައްދަލުކުރައްވާ ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޙާރިޖީ ވަޒީރު އެމެރިކާއަށް ކުރެއްވެވި މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސެކްޓްރީ ބައިލެޓަރަލް ޑރ. ޙާލާ ޙަމީދާއި، ސީނިއަރ އަނޑަރ ސެކްޓްރީ ޙަސަން ޙުސައިން ޝިޙާބްވަނީ ބައިވެވަޑައިގެންފައެވެ.
ޙާރިޖީ ވަޒީރު އެމެރިކާއަށް މި މަހު 24 ވަނަ ދުވަހު ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވާފައިވަނީ މި މަހު 28 ވަނަ ދުވަހު (އިއްޔެ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް