ޖަމީލް ނިޔާވީ ސަޖިދައިގާ އޮއްވާ، ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މާފުށި ޖަލުގައި މިއަދު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) އަށް އަނިޔާކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ޖަމީލްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމައިފިއެވެ. މި...

28 Jun 2024 | 19:24

މާފުށި ޖަލުގައި މިއަދު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) އަށް އަނިޔާކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ޖަމީލްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ.

އެގޮތުން އިޙްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައިދީއަކު ނިޔާވެއްޖެނަމަ އަބަދުވެސް އެކަން ފުލުހުން ތަހުގީގުކުރާކަމަށެވެ. އަދި ޝައްކު ކުރެވޭ ކަންކަން ހުންނަމަ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަކިން ތަހުގީގު ކުރާނެ ކަމަށެވެ.

"މިކަމުގައި ފުރިހަމަ ތަހުޤީޤެއް ކުރުމަށާއި އަދި ޢާއިލާގެ އިޒުނައާއެކު ޕޯސްޓްމޯޓަމް ހެދުމަށް ވާނީ މިހާރު އަންގާފައި" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި ޖަމީލް އެންމެ ފަހުން ފެނުނީ ނަމާދުކުރަނިކޮށް ކަމަށާއި ނިޔާވެފައި އޮތީ ސަޖިދައިގެ ހާލަތުގައި ކަމަށެވެ. ސީސީޓީވީ އެ ފުޓޭޖް ތަހުގީގީ އިދާރާތަކާއި ހިއްސާކުރާނެކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް