ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދާތާ ތިން ދުވަސް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދިޔަ ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދަމުން އަންނަތާ ތިން ދުވަސް ވެއްޖެއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ގްރޫޕެއްގެ ހ...

29 Jun 2023 | 17:34

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދިޔަ ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދަމުން އަންނަތާ ތިން ދުވަސް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ގްރޫޕެއްގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަތާ ތިން ދުވަސްވެފައިވާކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އަލް-ހަރަމައިން ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ގޮސް އުޅުނު، ރ. މާކުރަތު މުހައްމަދު ނަސީމް ނަމަކަށް ކިޔާ މީހެކެވެ.

މިކަމުގައި އެ ގްރޫޕްގެ ބަހެއް ދުވަހަށް ލިބޭގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން އެ ގްރޫޕްގެ އިސް ފަރާތަކުން ބުނެފައިވަނީ މުހައްމަދު ނަސީމް ގެއްލުނީ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ގެއްލުނު އިރު އޭނާގެ އަތުގައި ފޯނެއް ނެތް ނަމަވެސް ހުރީ އިހްރާމްގައި ކަމަށާއި ޓެގުވެސް އޭނާގެ އަތުގައި އޮތް ކަމަށްވެސް ބުނެފައިވެއެވެ.

އެ ގްރޫޕުން އިތުރަށް ބުނެފައިވަނީ މިކަން ރާއްޖޭގެ ހައްޖު މިޝަނަށްވެސް އަންގާފައިވާނެ ކަމަށާއި ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް