ކޮންމެ އަހަރެއްގައިވެސް ކުޅުދުއްފުށި ސިޓީގައި ބާއްވަމުން އަންނަ މަށިމާލި ޕެރޭޑު މިއަދުވެސް ބާއްވައިފިއެވެ.
ކުޅުދުއްފުށި މަށި މާލި ޕެރޭޑަކީ ކޮންމެ އަހަރަކުވެސް މުޅި ރާއްޖެ އިންތިޒާރުކުރަމުން އަންނަ ޕެރޭޑެކެވެ. މި ޕެރޭޑް އެހާ ހާއްސަ ވަނީ ކަންކަމަށް ޖޯކު ޖެހުމާއި ތަފާތު ގޮތަކަށް އެކި އިޖްތިމާއީ މެސެޖުތައް ގެނެސްދެމުން ގެންދާތީއެވެ.
މި އަހަރުވެސް ވަރަށް ގިނަ ކަންކަމަށް ޖޯކު ޖަހާފައިވެއެވެ. އޭގެ ތެރޭގައި ފުއްދުނު ހަމަ އެކަނި ވައުދަކީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމުގެ ވައުދު ކަމާއި އިތުރު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ހަޖޫޖަހާފައިވެއެވެ.
މީގެ އިތުރުން އާރްޑީސީއާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫކޭ އަށްވެސް ދެތިން ހަތަރު ގޮތަކަށް ޖޯކުޖަހާފައިވެއެވެ. އަދި މާފަރުން ފެނުނު ގޮތް ނޭނގޭ ޖަނަވާރުގެ ވާހަކައާއި މި ފަހުން މާލޭގެ ރައްޔިތުންނަށް ދިން ގޯތީގެ ވާހަކަ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރުވި ހަ ވަލުގެ ވާހަކައަށްވެސް މަށި މާލި ޕެރޭޑުގައި ޖޯކުޖަހާފައިވެއެވެ.
ކުޅުދުއްފުށި މަށި މާލި ޕެރޭޑުގައި ކޮންމެ އަހަރެއްގައިވެސް އެ ސިޓީގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު އުފާވެރިކަމާއި އެއްބައިވަންތަ މާހައުލެއްގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް