ހައްޖުވެރިން އަންނަން ފަށާނީ އަންނަ މަހު ހަތެއްގައި: މިނިސްޓްރީ

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވ. ދިވެހި ޙ...

29 Jun 2023 | 10:43

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވ.

ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައިކަމަށްވެސް ބުނެފައިވެއެވެ.

އަދި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މިނާގައި ޙައްޖު ވެރިން ތިއްބަވާ ޓެންޓްތަކަށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިދު އަލީ ޒިޔާރަތް ކުރެއްވިކަން އިސްލާމިލް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ޖުލައި 7 ވަނަ ދުވަހު، އެންމެ ފުރަތަމަ 2 ފްލައިޓް ގައި އަންނަން ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. ޖުލައި 10 ވަނަ ދުވަހު 3 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.

މީގެ އިތުރަށް ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންނެވެ. އަދި ދިވެހި ޖުލައި 12 ވަނަ ދުވަހު އޮންނަ 5 ވަނަ ފްލައިޓުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންން އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ޖުލައި 14 ގައި އޮންނަ އެންމެ ފަހު ފްލައިޓުގައި އަންނަން ހަމަޖެހިފައިވަނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.

މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް