ހަސަން ކުރުސީ އެކައުންޓް ލޮކްކޮށްފި !

ޓްވިޓާ ހޭންޑަލް HKurusee (ހަސަން ކުރުސީ) ގެ އެކައުންޓްގައި ޓްވިޓާއިން ވަގުތީ ތަޅެއް އަޅުވައިފިއެވެ. މި ތަޅު ޓްވިޓާއިން އަޅުވާފައިވަނީ މޫސާ އަންވަރު ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. ޓްވިޓާއިން ބުނެފައިވަނ...

29 Jun 2023 | 10:17

ޓްވިޓާ ހޭންޑަލް HKurusee (ހަސަން ކުރުސީ) ގެ އެކައުންޓްގައި ޓްވިޓާއިން ވަގުތީ ތަޅެއް އަޅުވައިފިއެވެ.

މި ތަޅު ޓްވިޓާއިން އަޅުވާފައިވަނީ މޫސާ އަންވަރު ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

ޓްވިޓާއިން ބުނެފައިވަނީ މިވަގުތަށް ހަސަން ކުރުސީގެ އެކައުންޓުން ޓްވީޓް، ރީޓްވީޓް އަދި އެހެން މީހުންގެ ޓްވީޓްތަކަށް ލައިކް ނުދެވޭނެކަމަށެވެ. އަދި މޫސާ އަންވަރު ރިޕޯޓްކުރި ކޮންޓެންޓް ޑިލީޓްކުރަންވެސް އަންގާފައިވާނެކަމަށާއި އަލުން ހަސަން ކުރުސީއަށް އެކްސެސް ލިބޭނީ އެ ކޮންޓެންޓް ޑިލީޓް ކުރުމުން ކަމުގައިވެސް ޓްވިޓާއިން ބުނެފައިވެއެވެ.

މޫސާ އަންވަރު މިކަމުގެ އުފާ ފާޅުކުރަމުން ބުނެފައިވަނީ ހަސަން ކުރުސީ ސައިޒް ކުރެވިފައިވާކަމަށެވެ. އަދި ދެންވެސް މޫސައާއި ގެޅެން ނުހެދުމަށްވެސް މޫސަ އެދިފައިވެއެވެ. މީގެ އިތުރުން ފޮނު އެރުވުންގަނޑު ކިހިނެއްތޯވެސް މޫސަ އަހާފައިވެއެވެ.

https://twitter.com/moosaanvar/status/1674352270840942592

މޫސަ އެހެން ބުނެފައިވީނަމަވެސް ހަސަން ކުރުސީ އެކައުންޓުން މީގެ ގަޑިއެއްހާއިރު ކުރިންވެސް ޓްވީޓެއް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް