ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން ދިޔަ ދިވެހި ފޮޓޯގްރާފަރެއްގެ ތަކެތި ގެއްލުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޯދައިފި

މިހާރު އިންޑިއާގައި ކުރިއަށްދާ 14 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކަވަރުކުރަންދިޔަ ދިވެހި ފޮޓޯގްރާފަރެއްގެ ތަކެތި އިންޑިއާގައި ގެއްލުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާ ފުލުހުން ހޯދަ...

29 Jun 2023 | 05:06

މިހާރު އިންޑިއާގައި ކުރިއަށްދާ 14 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކަވަރުކުރަންދިޔަ ދިވެހި ފޮޓޯގްރާފަރެއްގެ ތަކެތި އިންޑިއާގައި ގެއްލުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާ ފުލުހުން ހޯދައި ހަވާލުކޮށްފިއެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަން ހިނގާފައިވަނީ ހޯމަދުވަހުގެ ވަގުތެއްގައެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި ބެންގަލޫރުގެ ގަރޫޑާ މޯލް ކައިރިން ކުރޮޅިއެއް ނެގި އެ ފޮޓޯގްރާފަރަށް ކުރޮޅިން ފޭބުނީ ފައިސާ އާއި ކެމެރާ އިކުއިޕްމަންޓްސް ކުރޮޅީގައި ބަހައްޓާފައެވެ.

އެތަކެތި އެހާ ފަސޭހައިން ހޯދުނީ ބެންގަލޫރުގައި މިހާރު ގާއިމްކޮށްފައިވާ "ސޭފް އައިލެންޑް" މެކޭނިޒަމްގެ ބޭނުން ފޮޓޯގްރާފަރު ހިފުމުން ކަމުގައި އިންޑިއާ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ބެންގަލޫރުގެ 30 އަށްވުރެ ގިނަ ސަރަހައްދުގައި ގާއިމްކޮށްފައިވާ "ސޭފް އައިލެންޑް" ހިދުމަތަކީ ކުރީގައި ފޯނު ބޫތު ހުންނަ ކަހަލަ ގޮތަކަށް ފިތަކަށް ފިތާލުމުން ފުލުހުންނަށް ގުޅޭ ހިދުމަތެކެވެ.

މި ހިދުމަތް ދިވެހި ފޮޓޯގްރާފަރު ހޯދިޔާ ގަޑިއިރުތަކެއްގެ ތެރޭގައި އެ ކުރޮޅި ދެނެގަނެ ތަކެތި ދިވެހި ފޮޓޯގްރާފަރާ ހަވާލުކުރެވުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް