ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދީފާނެކަމަށް ލަފާކޮށް އެމެރިކާއާއި އިނގިރޭސިވިލާތުން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީގެ ލެވެލް މަތިކޮށްފި

ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެކަމަށް ލަފާކޮށް އެމެރިކާއާއި އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓްރެވަލް އެޑްވައިޒަރީގެ ލެވެލް މަތިކޮށްފިއެވެ. އިނގިރޭސިވިލާތުން މި ލެވެލ...

29 Jun 2023 | 01:48

ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެކަމަށް ލަފާކޮށް އެމެރިކާއާއި އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓްރެވަލް އެޑްވައިޒަރީގެ ލެވެލް މަތިކޮށްފިއެވެ.

އިނގިރޭސިވިލާތުން މި ލެވެލް މަތިކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ. އެމެރިކާއިން މި ލެވެލް މަތިކޮށްފައިވަނީ އޭގެ އެއް ދުވަސް ފަހުން 23 ޖޫންގައެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އެލާޓުގައި ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓުން ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމަށް ނުވަތަ އެފަދަ ހަމަލާއެއް ރާވަމުންދާކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީ ލެވެލް ދެއަކަށް މަތިކޮށްފައިވާއިރު ބުނެފައިވަނީ ޓެރަރިސްޓް ގްރޫޕްތަކުން އިންޒާރު ދިނުމަށްފަހު ނުވަތަ އިންޒާރު ދިނުމަކާނުލާ ފަތުރުވެރިންނަށް އަމާޒުކޮށް، ޓްރާންސްޕޯޓް ހަބްސްތަކަށް އަމާޒުކޮށް، މާކެޓްތަކާއި ޝޮޕިންގ މޯލްސްތަކަށް އަމާޒުކޮށް، ސަރުކާރު އޮފީސްތަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދީފާނެ ކަމަށެވެ. އެފަދަ ހަމަލާއެއް ރާއްޖޭގެ ރަށެއްގައިވެސް ދީފާނެ ކަމަށެވެ. އަދި އެފަދަ ހަމަލާއެއްގެ ވަގުތުގައި ކަމާއިބެހޭ ފަރާތްތަކުން އެޓެންޑްވުމުގައި ލަސްތަކެއް އުޅެފާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް