ނޭމާ ޕްރިމިއާ ލީގަށް ދާކަށް ބޭނުމެއް ނުވޭ

އިނގިރޭސި ކުލަބު ޗެލްސީން ނޭމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގަށް ދާން ބޭނުން ނުވާކަމަށް ނޭމާ ބުނެފިއެވެ. ޕީއެސްޖީން ނޭމާ ވިއްކާލަން އ...

29 Jun 2022 | 17:25

އިނގިރޭސި ކުލަބު ޗެލްސީން ނޭމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގަށް ދާން ބޭނުން ނުވާކަމަށް ނޭމާ ބުނެފިއެވެ.

ޕީއެސްޖީން ނޭމާ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ނޭމާ ބުނީ އޭނާ މިހާރުގެ ކުލަބު ދޫކޮށްލާނަމަ އެނބުރި ދާން ބޭނުންވަނީ ކުރީގެ ކުލަބު ބާސެލޯނާއަށް ކަމަށާއި އިތުރު އެހެން ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ނޭމާ ޗެލްސީއަށް ބަދަލުވާން އުޅޭކަމަށް ރިޕޯޓުތައް ބުނާއިރު، އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ. ޗެލްސީއާއި އޭނާ އާއި ދެމެދު އެފަދަ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް ވެސް ނޭމާ ބުނެފައިވެއެވެ. އަދި އިތުރު ކުލަބަކަށް ދިއުމުގެ ވިސްނުން ނުގެނެން ގުޅޭ ކަމަށްވެސް އޭނާ ބުނެއެވެ.

ސްޕެއިންގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނޭމާ ޗެލްސީ ދޫކޮށްލާނަމަ ދެން ދާން އެންމެ ބޭނުންވާ ކުލަބަކީ ބާސެލޯނާއެވެ. އެހެން ނަމަވެސް މިވަގުތު ބާސެލޯގެ މާލީ ހާލަތު ހުރި ގޮތުން ނޭމާ އެ ކުލަބަކަށް ގެނައުމަށް ބާސާއިން މަސައްކަތް ކޮށްފާނެ ކަމަށް ނުބެލެވެއެވެ. ބާސާއިން ނޭމާ އެ ކުލަބަށް ގެންދާނަމަ ބޮޑު ހޭދައެއް ކުރަން ޖެހުމަކީ މިކަމަށް އޮތް ހުރަހެކެވެ.

ދުނިޔޭގެ މަޝްޙޫރު ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ މި ޓްރާންސްފާ ބާޒާރުގައި ނޭމާ ވިއްކާލާށެވެ. އެގޮތުން އެންމެ ބޮޑު ބުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ވިއްކާލަން އެ ކުލަބުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 234 މިލިއަން ޑޮލަރަށް ސްޕެއިންގެ ބާސެނޯއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލުމަށް ޕީއެސްޖީން ބޭނުންވި ނަމަވެސް ނޭމާ ބޭނުންވަނީ އޭނާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއް ބަސްވުން ހަމަވަންދެން ކުލަބުގައި މަޑުކުރާށެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ނޭމާ ބޭނުންވަނީ މި ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލާށެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލަ އުޅޭކަމުގެ އަޑުތައް ފެތުރެން ފެށުމާއި އެކު ޔުވެންޓަސް އާއި ޗެލްސީން އަދި ނިއުކާސަލް ޔުނައިޓެޑުން ނޭމާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެގައެވެ.

ނޭމާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ތިން އަހަރު އޮތްއިރު، އޭނާ އެކުލަބާއި އެކު ހަދާފަައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ. ނޭމާ ޕީއެސްޖީއާއި އެކު އެންމެ ފަހުން އެއްބަސްވުން އާކުރީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުގައެވެ.

މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 144 މެޗުގައި ނޭމާ ވަނީ 100 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް