ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްޞަ ވޯޑު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވައިފިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މި ޚާއްސަ ވޯޑު ހުޅުވީ މިއަދުއެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްޞަ ކުރެވިފައިވާ 9 އެނދުގެ މި ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނޭ ކަމަށެވެ. އަދި ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއް ވެސް މި ވޯޑުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.
https://twitter.com/igmhmv/status/1542081656877907973
ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރުު ރަނގަޅު ކުރުމަކީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއްކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް