ލީކުވެގެން އުޅޭ ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރުގެ އިދާރާއަކުން އެހީތެރިކަމެއް ނުހޯދަން: ޕޮލިސް

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރުގެ އިދާރާއަކުން އެހީތެރިކަމެއް ނުހޯދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. މި ފަހަކަށް އައިސް ލީކުވެގެން އުޅޭ އުޅޭ ވީ...

29 Jun 2022 | 09:05

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރުގެ އިދާރާއަކުން އެހީތެރިކަމެއް ނުހޯދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

މި ފަހަކަށް އައިސް ލީކުވެގެން އުޅޭ އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމަށް އިންޑިއާގެ ތަހުޤީޤީ އިދާރާއެއްގެ އެހީ ހޯދަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ކޮށްފައިވާ ޓްވީޓއްގައި ބުނީ ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމުގައި ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ އެހީ ނުހޯދާ ކަމަށެވެ.

އެމައްސަލަތައް ތަހުޤީޤްކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ވަނީ ބުނެފައެވެ.

https://twitter.com/PoliceMv/status/1542051797136973824

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް