ހުޅުމާލެއިން 18 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެއިން އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) ކަމަށާއި އޭނާ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެއަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައެއް ނުވާ ކަމަށާއި ޝިއުނީ ޙުސައިން ސިޔާނު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް