އުރުދުންގައި ކްލޮރިން ގޭސް ޓޭންކެއް ވެއްޓި ހިނގި ހާދިސާ އާ ގުޅިގެން މިނިސްޓަރ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި

އުރުދުންގެ ޢަޤަބާގެ ބަނދަރުގައި ހިނގައިދިޔަ ޙާދިސާއާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ. ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޢަޤަބާގެ ބަނދަރު...

29 Jun 2022 | 07:40

އުރުދުންގެ ޢަޤަބާގެ ބަނދަރުގައި ހިނގައިދިޔަ ޙާދިސާއާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޢަޤަބާގެ ބަނދަރުގައި އޮތް ކާގޯ ބޯޓަކަށް އެރުވުމުގެ މަސައްކަތްކުރަނިކޮށް، ކްލޮރިން ގޭސް ޓޭންކެއް ވެއްޓި، އޭގައި ހުރި ވިހަ ގޭސްތައް އެސަރަހައްދަށް ލީކުވި ހާދިސާގައި 13 މީހަކު ވަނީ މަރުވެފައެވެ. އަދި ސަތޭކައަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަށް ތައުޒިޔާ ވިދާޅުވެ، ފަރުވާ ދެމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް