މަޖިލީހުގެ ޖަލްސާތަަކަށް ހާޒިރުވުމުގެ ބޭނުމެއް ނެތް: ގާސިމް

މިހާރު މި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ބޭނުމެއް ނެތްކަން ދޭހަވާ ބީދައިން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައ...

29 Jun 2022 | 07:12

މިހާރު މި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ބޭނުމެއް ނެތްކަން ދޭހަވާ ބީދައިން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީން ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގާސިމް ވިދާޅުވީ ކަންކަން ހަމައިން، އިންސާފުން ނެއްޓުނީމާ އެމަނިކުފާނަށް ވަރަށް އުނދަގޫވާކަމަށާއި މަޖިލީހަށް ނުދެވެނީވެސް އެ އުނދަގޫވާތީ ކަމަށެވެ.

"އެތަނުގައި ގަވާއިދެއް އޮތަސް އެއަށް ހުރުމަތްތެރިކޮށް ހިތިގެން ކަންތައްތައް ދާ މަންޒަރެއް އަޅުގަނޑުމެންނަކަަށް ނުފެނޭ، ފެން އެތާނގައި ވާހަކަދައްކައި، ގެރި ޖައްސަލަ ތިބި މީހުންގެ ހާލު އަޅުގަނޑޫމެންނަށް އެބަފެނޭ" ގާސިމް ވިދާޅުވިއެވެ.

މި މައުލޫގައި ގާސިމް އިތުރަށް ވިދާޅުވީ މިހާރު އޮތް މަޖިލީހަށް މެންބަރު ހޮވިއިރު އެއް ޕާޓީއަކަށް އަގުލަބިއްޔަތު ލިބިއްޖެއްޔާ ވާނެގޮތް އޭނާ ކުރިން ވިދާޅުވެފައިވާނެ ކަމަށާއި އެކަމުގެ ރެކޯޑިން އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް