މާލޭ ރަށްވެހިންގެ ދަފްތަރުގައި ތިބި މީހުންގެ ހައްޤުގައި ވަކާލާތު ކުރާނެ ޚާއްސަ ދާއިރާތަކެއް މަޖިލީހުގައި އުފައްދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން އިޢުލާނު ކުރުމާ ގުޅިގެންނެވެ.
އެގޮތުން ޢަލީ ޙުސައިންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ގޯތި ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި މާލޭގެ ރަށްވެހިން ކަނޑައެޅުމުގައި ބަލާ މިންގަނޑެވެ.
އަލީ ހުސައިން ވިދާޅުވީ ދައުލަތުގެ ފައިސާ ޚަރަދު ކޮށްގެން ހިއްކާ ބިން ދޫކުރުމުގައި އަދި ވިއްކުމުގައި ވިޔަސް އެ މީހަކު ނިސްބަތްވާ ރަށަކަށް ބަލައި ތަފާތު ކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި ހިލާފު ކަމެއްކަމަށެވެ.
އެގޮތުން މާލޭ ދަފްތަރުގައި ތިބިމީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުން ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކި ޚާޢްޞަ ދާއިރާތަކެއް އުފައްދަން ޖެހޭ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް