އަޅުގަނޑު ނާންނަންޏާ މަޖިލިސް ބަލަން ބޭނުން ނުވާކަމަށްވެސް ބައެއް ރައްޔިތުން ބުނޭ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުދަންޏާ މަޖިލިސް ބަލަން ބޭނުންނުވާކަށް ބައެއް ރައްޔިތުން ބުނާކަމުގައި ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔި...

29 Jun 2022 | 06:00

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުދަންޏާ މަޖިލިސް ބަލަން ބޭނުންނުވާކަށް ބައެއް ރައްޔިތުން ބުނާކަމުގައި ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ "ނައިސްފިއްޔާ ބައެއް ރައްޔިތުން ޖަލްސާ ބަލަންވެސް ބޭނުން ނުވާ" ކަމަށެވެ.

"ވެދާނެ އަޅުގަނޑު ދައްކާ ވާހަކައިގަ ރަނގަޅު ކަމެއް އޮތީ ކަމަށްވެސް، ޔަގީންތާ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މި ވާހަކަފުޅު ދެއްކެވީ މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވާ ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޖާބިރު ވިދާޅުވީ މަޖިލީހަށް ގާސިމަށް ހާޒިރު ނުވެވޭ ކަމަށާއި ނަމަވެސް ވެރިކަމަށް އަންނަންވީމާ ހާޓުވެސް ބީޓުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް