3 ވަނަ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ގެ ދެ ޖިންސުގެ ޗެމްޕިއަންކަން އެމްއެލްއޭ އަށް!

3 ވަނަ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް 2022 ގެ ދެ ޖިންސުގެ ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން (އެމް.އެލް.އޭ) ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ދެ...

29 Jun 2022 | 06:00

3 ވަނަ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް 2022 ގެ ދެ ޖިންސުގެ ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން (އެމް.އެލް.އޭ) ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ދެވަނަ ހޯދައިފައިވަނީ ބްލޫފިން ސްޕޯރޓްސްއެވެ. އަންހެނުން ކެޓަގަރީގެ 3 ވަނަ މޫދުމާލިމީ ހޯދިއިރު، ފިރިހެނުންގެ ކެޓަގަރީގެ 3 ވަނަ ހޯދީ ކުލަބު ބޮޑުރިޔާއެވެ.

ފެތުންތެރިންގެ ތެރެއިން އެއްވަނަ ފިރިހެން ފެތުންތެރިއާގެ މަޤާމް އެމް.އެލް.އޭގެ މުޙައްމަދު އާން ޙުސައިން ހޯދިއިރު، ދެވަނަ ހޯދީ ހަމަ އެކުލަބުން މުޙައްމަދު ރިޙާން ޝިހާމެވެ. އަދި ތިންވަނަ ހޯދީ ބްލޫފިން ސްޕޯރޓްސްގެ ޢަލީ އިމްޢާން އެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ބްލޫފިން ސްޕޯރޓްސްގެ އައިޝަތު ސައުސަން ހޯދިއިރު، ދެވަނ ލިބުނީ އެމް.އެލް.އޭގެ އައިޝަތު އުލްޔާ ޝާއިޤްއަށެވެ. އަދި ތިންވަނަ ހޯދީ ވެސް ހަމަ އެކުލަބު ތަމްޞީލްކުރި މެރާލް އައިން ލަތީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް