މުމްބާއީގައި އިމާރާތެއް ވެއްޓި 19 މީހަކު މަރުވެއްޖެ

އިންޑިއާގެ މުމްބާއީގައި އިމާރާތެއް ވެއްޓި 19 މީހަކު މަރުވެއްޖެއެވެ. އިއްޔެ ހިނގި މި ހާދިސާއާއި ގުޅޭގޮތުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 19 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު ...

29 Jun 2022 | 05:46

އިންޑިއާގެ މުމްބާއީގައި އިމާރާތެއް ވެއްޓި 19 މީހަކު މަރުވެއްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާއާއި ގުޅޭގޮތުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 19 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އިމާރާތުގެ ދަށުގައި ބަޔަކު ތާށިވެފައިވުންވެސް އެކަށީގެންވާކަމަށެވެ.

ވެއްޓިފައިވަނީ މުމްބާއީގެ ކާރުބާރުބޮޑު ސަރަހައްދެއްގައި މީހުން ދިރިއުޅޭ، ހަތަރު ބުރީގެ އިމާރާތެކެވެ. މުޅި އިމާރާތް ވަނީ ވެއްޓި ބިމާ ހަމަވެފައެވެ.

އިމާރާތުގެ ދަށުގައި ބަޔަކު ތާށިވެފައިތިބެދާނެކަމަށް ބަލައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.

ވެއްޓުނު އެ އިމާރާތަކީ ވަރަށް ބާ އިމާރާތެކެވެ. އިމާރާތް ބާވެ ނޫޅެވޭވަރު ވެފައިވާތީ އެ އިމާރާތް ހުސްކުރުމަށް އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މީގެ ހަ މަސް ކުރިން އޮތީ ނޯޓިސްވެސް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް