އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ޤަރާރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އިދިކޮޅު ޕީޕީއެމްއިން ހާޒިރުނުވުމުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
އިއްޔެ ސިވިލް ކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުމަށް ޕީޕީއެމްއިން ހާޒިވެފައިނުވާއިރު، ކޯޓަށް ހާޒިރު ނުވި ވަކި ސަބަބެއްވެސް އަންގާފައި ނުވާކަމަށް ކޯޓުންވަނީ ބުނެފައެވެ.
މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން މިގޮތަށް ފާސްކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ވެސް ނިންމަވާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް