މަޖިލީހުގެ ހާޒިރީގެ ފުލުގައި އޮވެ ގާސިމް ކޮން ތައްޔާރެކޭ ކިޔާކަށްތޯ؟: ޖާބިރު

ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގެން ތައްޔާރު ނަމުުގައި ޖުމްހޫރީ ޕާޓީން ޖަލްސާއެއް ބޭއްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ. ޖާބިރު މިހެން ވިދާޅުވ...

29 Jun 2022 | 04:56

ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގެން ތައްޔާރު ނަމުުގައި ޖުމްހޫރީ ޕާޓީން ޖަލްސާއެއް ބޭއްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އިބްތިދާއީ ބަހުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ތައްޔާރޭ ކިޔައިގެން ގާސިމް އެ ދިނީ ރައީސް ސޯލިހަށް ދޯކާ ކަމަށެވެ. މަޖިލީހަށް ވަޑައިގަންނަވަނީ ނޫން ކަމަށެވެ. ހޮވަނީ އެތަނަށް ދާގޮތަށް ކަމަށްވާއިރު ޖާބިރު ދަނީކީ ކުރާނެ ކަމެއް ނެތިގެން، ހިންގާނެ ރަށެއް ނެތިގެން ނޫންކަމުގައި ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ޖާބިރަށް ދަރާ އޮތް ފަދަ މޭރުމަކުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް