ސަރުކާރޭ ކިޔާއިރު މި ސަރުކާރުގެނަން ގުރުބާންވީއިރު މޫސަ ހުންނެވީ ރައީސް ޔާމީނަށް މަޖިލިސް ކަނބާދޭން: ދިޔާނާ

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކަށް ހޫނު ރައްދެއް ދެއްވައިފިއެވެ. ދިޔާނާ މި ރައްދު މޫސަޔަށް ދެއްވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގ...

29 Jun 2022 | 04:43

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ދިޔާނާ މި ރައްދު މޫސަޔަށް ދެއްވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މާލެ ސަރަަހައްދުން ހުޅުވާލި ގޯއްޗަށް މާލެއަށް އުފަން މީހުންނަށް އެކަނި ކުރިމަތިލެވޭގޮތަށް އޮތް އޮތުމަށް ތާއީދުކުރައްވައި ޓްވިޓާގައި މޫސަ ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

"ސިޔާސީގޮތުން ކުރިލިބޭތޯ ބެލުމާ ނަސްލީ އިމްތިޔާޒު ފެތުރުން، މި ވެރިން މިތިބެނީ މާލޭން ފުލެޓާ ގޯއްޗާ ހޯދާ ބިންވެރިވެ ބޯހިޔާވަހިކަން ޔަޤީންކޮށްގެނޭ. އެވަރުންވެސް ނުފުދިގެން ސަރުކާރާދިމާ ކުރަން ކުރާ މަސައްކަތް މި އަމާޒުވަނީ 40 އަހަރުވަންދެން ޙާލުގައުޅުނުބަޔަކަށް." ޓްވީޓެއްގައި މޫސަ މިހެން ވިދާޅުވުުމުން ދިޔާނާ ރައްދުގައި ވިދާޅުވެފައިވަނީ ސަރުކާށާ ދިމާކުރާށޭ ވިދާޅުވާއިރު މި ސަރުކާރުގެ ގެންނަން ދިޔާނާމެން ގުރުބާންވީ އިރު މޫސަ ހުންނެވީ ރައީސް ޔާމީނަށް މަޖިލިސް ކަނބާދޭން ކަމަށެެވެ.

https://twitter.com/dhiyanasaid/status/1541836256594006016

"މީ އަޅުގަނޑުމެންގެ ސަރުކާރު، އިންސާފުން ނެއްޓެންޏާ ދަންނަވާނަން" 49 އަހަރުގެ ވަންދެން ހާލުގަ އުޅުނު މީހުންތެރޭ ރަށްރަށު މީހުން ބޯކޮށް ހިމެނޭކަމަށް ދިޔާނާ ވިދާޅުވިއެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް