ގައުމު ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް: ހެލްތު މިނިސްޓަރ

ކޮވިޑުގެ ހާލަތާއި ގުޅުވައި ގައުމު ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތްކަމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވަ...

29 Jun 2022 | 04:21

ކޮވިޑުގެ ހާލަތާއި ގުޅުވައި ގައުމު ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތްކަމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވަމުންނެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޮކްޑައުން ކުރުމަކީ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށާއި ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން ކަމަށެވެ.

ކޮވިޑާއި ގުޅުވައި ލޮކްޑައުންގެ ވާހަކަ ދެކެވުނު އިރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަކަމަށް އެޗްޕީއޭއިން އަންނަނީ ބުނަމުންނެވެ. އަދި އެޗްޕީއޭގެ ސްޓެޓިސްޓިކްސްތަކަށް ބަލައި ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް