މިއަދު ކޯވިޑް ޖެހުނީ އަތޮޅުތެރެއިން 125 އަދި މާލެއިން 43 މީހުންނަށް

މިއަދު ކޯވިޑް-19 އަށް އިތުރު 178 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 43 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 125 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯ...

29 Jun 2021 | 17:05

މިއަދު ކޯވިޑް-19 އަށް އިތުރު 178 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 43 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 125 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯތުތަކުން ހަތް މީހުންނާއި ރިސޯޓުތަރައްގީ ކުރަމުންދާ ރަށްތަކުނ1 ތިން މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،199 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،815 މީހުންނަށެވެ. އޭގެ ތެރެއިން 27 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 69،623 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 210 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 73،660 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް