ކަރީނާގެ ހަށިގަނޑު ލޫޅާފަތި ކޮށްލައިގެން ބެލުންތެރިންނާއި ހަމައަށް އަންނަން ކައިރި ވެއްޖެ!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހުރީ ދެވަނަ ދަރިފުޅު ވިހައިގެން ޗުއްޓީގައި އެވެ. މިދިޔަ އަހަރުގެ ރިލީޒް ކުރި ފިލްމު "އަންގްރޭޒީ މީޑިއަމް" އަކީ ބަލިވެ އިނުމުގެ ކުރިން އޭނާ ފެނިގެންދިޔަ އެންމެ ފަހު ފިލް...

29 Jun 2021 | 16:03

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހުރީ ދެވަނަ ދަރިފުޅު ވިހައިގެން ޗުއްޓީގައި އެވެ.

މިދިޔަ އަހަރުގެ ރިލީޒް ކުރި ފިލްމު "އަންގްރޭޒީ މީޑިއަމް" އަކީ ބަލިވެ އިނުމުގެ ކުރިން އޭނާ ފެނިގެންދިޔަ އެންމެ ފަހު ފިލްމެވެ. ވިހައިގެން ފިލްމު ކުޅެން ނުކުންނަން ކަރީނާ ތައްޔާރުވަމުން އަންނަކަން ސޯޝަލް މީޑިއާގައި ހާމަކުރާތާ މިހާރު މަހެއްހާ ދުވަސްވަރު ވެއްޖެ އެވެ.

މިމަހު ކުރީ ކޮޅު އާންމު ކޮށްލި ފޮޓޯއެއްގައި ކަރިނާ ވަނީ ވަރަށް ބޮޑަށް ހަށިގަނޑު ހިއްކާލާފައިވާކަން އާންމުންނަށް ދައްކާލާފައި އެވެ. ކަރީނާ އަކީ ބަލިވެ އިނުމުން އެއްވެސް ވަރަކަށް ހަށިގަނޑަށް ބަލާ މީހެއް ނޫނެވެ. އެކަމަކު އޭނާ ވިހެއުމަށް ފަހު ހަށިގަނޑަށް ބަދަލަކީ އެންމެން ހައިރާ ކޮށްލާ ބަދަލެކެވެ.

މިމަހު ކުރީ ކޮޅު އާންމު ކުރި ފޮޓޯއިން ގިނަ ބަޔަކު ވަނީ ކަރީނާ ވަރަށް އަވަހަށް ސްކްރީނުން ފެންނާނެ ކަމަށް ގަބޫލު ކޮށް އޭނާ މަސައްކަތަށް ނުކުންނާނެ ދުވަހެއް ހޯދަން މަސައްކަތް ކުރަން ފަށާފައި އެވެ. އިންޑިއާ މީޑިއާގައި މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަރީނާ މުޅިން ފިޓުވެގެން ބޮލީވުޑް މަސައްކަތްތައް ފަށާނެ އެވެ.

އޭނާ އޮކްޓޯބަރުގައި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ހުވަފެނީ ޕްރޮޖެކްޓު " ތަހްތު" ގެ މަސައްކަތް ކަމަށްވެ އެވެ. އެ ފިލްމަކީ މިދިޔަ އަހަރު އިއުލާނު ކުރި ވަރަށް ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ ފިލްމެކެވެ.

ފިލްމު "ތަހްތު" އަކީ މުޣުލް ރަސްކަލުންގެ ޒަމާނުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ކަރީނާ އާއި އެކު ފެނިގެންދާނެ ތަރިންނަކީ ވިކީ ކައުޝަން ރަންވީރު ސިންގް އަދި ޖާންވީ ކަޕޫރެވެ.

މި ފިލްމު ރިލީޒް ކުރަން ކުރިން ތާވަލު ކޮށްފައި އޮތީ މިއަހަރުގެ ޑިސެމްބަރު 24 ގައި އެވެ. އެކަމަކު މިހާރު ރިލީޒް ކުރާ ތާރީހު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް