ނައިފަރުގައި މީހަކަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަަޅައިފި

މި ދިޔަ ޖޫން މރއި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޅ. ނައިފަރުގައި އާންމުންގެ މީހަކަށް އަނިޔާކުރި 5 ފުލުހަކަށް ފިޔަވަޅު އަޅައިފިއެވެ. އެ ޅި ފިޔަވަޅަކީ، 3 ފުލުހަކު ވަޒީފާ އިން ވަކިކޮށް، އިތުރު 2 ފުލުހެއްގެ މ...

29 Jun 2021 | 14:37

މި ދިޔަ ޖޫން މރއި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޅ. ނައިފަރުގައި އާންމުންގެ މީހަކަށް އަނިޔާކުރި 5 ފުލުހަކަށް ފިޔަވަޅު އަޅައިފިއެވެ. އެ ޅި ފިޔަވަޅަކީ، 3 ފުލުހަކު ވަޒީފާ އިން ވަކިކޮށް، އިތުރު 2 ފުލުހެއްގެ މަގާމު ދަށްކުރަން ނިންމުމެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ތަހުގީގުކުރުމަށް ފަހު، މި މައްސަލައިގައި ޝާމިލުވި ފުލުހުންނަށް ފިޔަވަޅު އަޅަން މި މަހު 22 ގައި ނިންމާފައިވާ ކަމަށެވެ.

މަގާމު ދަށް ކުރި 2 ފުލުހުން ވަނީ ކުރިން ތިބި ރޭންކަށް ވުރެ 1 ރޭންކު ދަށްކޮށްފަ އެވެ.

މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅު އިސްތިއުނާފު ކުރުމަށް، ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަސް، މި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުހުންނަށް ދީފައި ވެއެެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި، ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކެއް އެ ރަށު މުންތަސީރު މުހައްމަދަށް އަނިޔާކުރީ ފުލުހެއްގެ އަންބަކު މަގުމަތިން ދަނިކޮށް، ތުނބުންފުމެ ފުރައްސާކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރި އެވެ.

މުންތަސީރަށް އަނިޔާކުރީ އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދަށް ގެންގޮސް އަދި ފަހުން ރަށުގެ ކުނިގޮނޑު ސަރަހައްދަށް ގެންގޮސް އެވެ.

ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަމުން، އެތަނުން ފުލުހަކު މުންތަސީރުގެ މޫނުމަތީގައި ތިން ފަހަރު ޖެހި ކަމަށާ އަދި އެންމެ ފަހު ފަހަރު ޖެހުމުން ބިންމައްޗަށް ވެއްޓުމުން، އެ ހުރިހާ ފުލުހުން ވެގެން އޭނާގެ ގައިގައި ފައިންނާއި އަތުން ތެޅި ކަމަށް އޭނާއާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް