ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް ބަދަލުގެނެސް އަގުހެޔޮ ކޮށްފި

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްބާރުލުންދީ އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިރާގުން އެކަން އިއުލާނުކޮށްފި އެވެ. މި ބަދަލާ އެކު، ސަރުކާރުން އިއުލާން ކު...

29 Jun 2021 | 14:35

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްބާރުލުންދީ އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިރާގުން އެކަން އިއުލާނުކޮށްފި އެވެ.

މި ބަދަލާ އެކު، ސަރުކާރުން އިއުލާން ކުރި ތިން ޕެކޭޖް ފައިބަ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އަފްޓަ އެލަވަންސް" 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގެ ދެ އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރުކޮށްފައެވެ.

މި ގެނައި ބަދަލާ އެކު މިހާރު 250 ރުފިޔާއަށް 30ޖީބީ ލިބޭއިރު 490 ރުފިޔާއަށް 120ޖީބީ އަދި 690ރުފިޔާއަށް 200ޖީބީ ލިބޭނެއެވެ. އެލަވަންސް ހުސްވުމުން ލިބޭ ސްޕީޑް ނުވަތަ ތްރޮޓަލް ސްޕީޑު ވެސް ދިރާގުން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން 300 ރުފިޔާއަށްވުރެ ދަށް ޕެކޭޖުތަކުގެ ސްޕީޑު 2 އެމްބީޕީއެސް އަށް އަދި އެހެން ހުރިހާ ޕެކޭޖެއްގެ ސްޕީޑު ވަނީ 5 އެމްބީޕީއެސް އަށް އިތުރުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. މިއާ އެކު ޕެކޭޖުތަކުގެ އަގު 50 ޕަސެންޓަށް ކުޑަވާނެ އެވެ.

މިއީ ސަރުކާރުން ކަނޑައަޅަފައިވާ އަގުތަކާ އަޅާ ބަލާއިރު ކުޑަ އަގުތަކެކެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގޯންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް