ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރިކަމަށް ތުހުމަތު ކުރާ މީހުންގެ އަދަދު އަށަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާދިން މައްސަލައިގަ ފުލުހުން ތުހުމަތު ކުރާ މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ. މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވ...

29 Jun 2021 | 12:25

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާދިން މައްސަލައިގަ ފުލުހުން ތުހުމަތު ކުރާ މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވިދާޅުވީ މީގެ ދެ ދިވަސް ކުރިން ފުލުުހުން މެދުވެރިކޮށް ހޯދި ފައިސާއަށް ބަލާއިރު ފުލުހުން އިތުރު ހަތަރު މީހަކަށް ތުހުމަތު ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން ހަތަރު މީހުންގެ މައްސަލަ ތަހުގީގު ކޮށް ނިންމައި ވަރަށް އަވަހަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ. އަދި ފަހުން ފާހަގަ ކުރެވުނު ހަތަރު މީހުންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަހުގީގު ކުރިޔަށް ދަނީ ހިތްހަމަ ޖެހޭ ބާރު މިނެއްގައި ކަމަށާއި ތަހުގީގު އެއްކޮށް ނިމޭއިރު އެ ހަމަލާއަށް ފަންޑު ކުރި މީހުންވެސް ހޯދޭނެ ކަމަށެވެ.

ނަޝީދަށް ހަމަލާދީފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ. ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

އެ ޒަހަމް ތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް